- ސަރ. ކިޑު ބުނަނީ " ހީ އިޒް ނޮޓޮ ގުޑް. ހީ އިޒް ގޮނަ ހޭވް އޯލް އަލަނާސިއަންސް ބްލަޑް. އައި ނޯ ހިމް ވެލް. " 
ގޮޅާ ސޭކުއާއި ސަރ. ކިޑް. ގޮޅާ ބޭނުންވި ގޮތަކަށް ކިޑު އަމަލެށް ނުކުރި. އަލަނާސިސްތާނުގައި ވެރިކަން ކުރަމުން ގެންދާ ސޭކު ލަކްސިމިލީނޯ އަކީ ވަރަށް ހުޝުއްވަތްތެރި ވެރިއެކެވެ. އޭނާގެ ހުންނަ ބަޚުރަމަނު ވެރިކަމުން މީނާ ވަނީ އަލަނާސިސްތާނުގެ އަލަނާސީންނަށް އޮޅުވާލައި ވެރިކަމުގައި ބަގުޑި ބެއްދުމަށް ތަފާތު ޒާތްޒާތުގެ މަގުދޫސީތަށް ހަދަމުންނެވެ. މި ގޮތުން މީގެ އަހަރު ތަކެއް ކުރިން މީނާ ވަނީ އަލަނާސިސްތާން އިސްލާހުކުރުމުގެ ނަމުގައި ވެރިކަމުގެ ބާރުތައް ވަރަށް މޮޅަށް ވަކިކޮށްފައެވެ. މީނާ ވެރިކަން ހިއްސާކުރަން ގެނައީ މީނާއާ އެއްކޮށް ޅަވިޔަނި އަތޮޅު ޔުނިވާސިޓީގައި ކިޔަވަން އުޅުނު ކުއްދިޔަތް އަބޫބަކުރެވެ. ދެން މީނާ އޭނާގެ އަލަނާސި ދީނުގެ ކަންތައްތަކުގެ ވެރިކަން ހަވާލުކުރީ ކަނާތުފިޔައަށް ތާޢީދު ކުރާ ސާރ. ކިޑު އާއެވެ. މިއީ ހަމަ އަރަތެކެވެ. އެހެން ނަމަވެސް ސަރ. ކިޑްވީ މީނާ ކުރާ ހުރިހާ ކަމަކަށް ތާޢީދުކުރާ މީހަކަށް ނޫނެވެ. ވަރަށް ފަހުން ސާރ. ކިޑު ގޫކޭވަޑަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ގޮޅާ ސޭކު ބޭނުންވަނީ މުޅި އުމުރުގައިވެސް އަލަނާސިސްތާނުގެ ވެރިއަކަށް ހުންނަން ކަމަށާ، ހުރިހާ އަލަނާސީންގެ ލޭ ނުބޮވެނީސް އޭނާ ހިތްހަމަނުޖެހޭނެކަމަށެވެ. މީގެ ތެރޭގައި އޭނާގެ އަޢުވާނު ލޯނުސްޓަރ ކުއްދިޔަތް އަބޫބަކުރެވެސް ހިމެނޭކަމަށެވެ. އަދި އެކަން ބަކުރަށް ނުވިސްނެނީ ކަމުގައި ކިޑް ވިދާޅުވެއެވެ. ކޮންމެއަކަސް ސަރ. ކިޑުގެ މި އިންޓަވިއުއާ ގުޅިގެން ގޮޅާސޭކު ކޯފާއިސްކުރައްވައި ކިޑުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި، އިތުބާރު އޮތްކަމަށް ފާސް ވުމުންވެސް އޭނާ ރަސޫލުކަމުގެ މަގާމުން ދުރުކޮށް، މެދުފިޔައިގެ އުސޫލުތަކަށް ތާޢީދު ކުރާ އަލީ ވަނީ ރަސޫލުކަމަށް އިސްކޮށްފައެވެ. އެހެން ނަމަވެސް އަލީ މިކަމާ ހަވާލުވީ އަލަނާސިސްތާނުން މި ގޮޅާސޭކު ދުރުކުރުމަށެވެ. އަލީ އަންގަވަނީ " ފުރާނީ ކައިގެން. ކަތިލާނީ ފެންބޯން ދީފަ. އެކަމަކު އަދި މިއީ ސިއްރެއް. " އެހެންކަމުން މި ބޭވަފާ ވިދާޅުވާ އެއްވެސް ބޭފުޅަކު މިވާހަކަ ފިސްފިސް ނުކުރެއްވުން އެދެމެވެ. އަދި މިވާހަކަ ދެއްކިއްޖެ މަޖްލީހެއްގައި އެއީ މިސުރު ވަލުން ގޮވި އަޑެއް ކަމަށް ވިދާޅުވުމަށް ގޮވާލަމެވެ. ސައި ކިޔަން ވާނީ ބޮނދުގެ ބުޑަށެވެ. ދެން މި ޝޭޚެއް ކަމަށް ދަޢުވާ ކުރާ މި ގޮޅާ ލަކްސިމިލީނިއޯ ނަމަކަށް ކިޔުނު މީހާ ހަދައިފައިވާ ކޯސްތަކަށް ބަލާއިރު ފުޅައްބުޑުން ނައިބު ޖަހަން ދަސްކޮށްދޭ ކޯސް، ބަގުޑި ބައްދައިގެން ވެރިކަން ކުރާ ކޯސް، ދޫންޏެއް ނެތްތަނެއްގައި ކާޅަކުން އެދުން ފުއްދަން ދަސްކޮށްދޭ ކޯސް، މާފަރު އައިނުން ވައްކަން ކުރާ ކޯސް، މަތިގެ މައްޗަށް ބަދިގެ ވައްޓާ ކޯސް، އެއް ފުޅައް މަތިން ފުންމާލި ބަކައްޓަށް އަނެއް ފުޅައް މަތިން ބުރެއް އަޅައިފައި ފުންމަން ދަސްކޮށްދޭ ކޯސް ފަދަ އެމް.އޭ.ބީ ޤަބޫލުނުކުރާ ކޯސްތައް ހިމެނެއެވެ. ދެން އަދިވެސް އެއް ފަހަރު އަޅުގަނޑު ޑޮކްޓަރ، ޕައިތަގަރަސް ކެރިހުރެ، އަލަނާސިއްޔާތުގައި މަސައްކަތް ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ އެބައިމީހުންގެ އަލަނާސި ކަލާނގެ އަކީ ފީ އެސިލޯނު ހޮޅިތަކަކާ، ވީދިފައިވާ ގޯނިގަނޑަކާ، ދަބަރު ޖަހައިފައިވާ، --------- ( ކުޑަކުދިންގެ ހައްޤުގައި ކަނޑާލެވިފައި ) ކުން ހަދާފައިވާ ކާމާ ދައިތާ ގަނޑެއް ކަމަށް. އަޅުގަނޑު އެދައިތަ އަށް ގޮން ޖަހަން. އެއީ އަންހެނެއް. އެއީ ކުޑަ ބޮކެއް. ދެންވެސް ކިޔުނު ހުރިހާ ނުބައި އެއްޗެއް އެ ކަނބުލޭގެ އަށް. އެހެން ކަމުން އަޅުގަނޑު ހުރިހާ އަލަނާސީންނަށް މި ގޮވާލަނީ މި ދެ ޚައްތާރުންގެ ނުބައި ކަމުން ސަލާމަތް ވުމައްޓަކާ އެންމެން އެއް އަޑަކުން " ހުރަސް " މިހެން ކިޔުމަށެވެ. ޢާއްމު ތަންތަނުގަޔާ، ހޮޅުއަށި ތަކުގަޔާއި، ޖަލްސާތަކާ ސައްލާތަކުގައިވެސް މިވާހަކަ ދެއްކުމަށެވެ. Labels: mathige, އަލަނާސިސްތާނުން އައި ސިޓީ |