- އަލަނާސީން އަލަނާސިސްތާނުގެ ވެރި ރަށް ފީމާލޭގައި ފެން ބޮޑު ކޮއްފި
އިއްޔެ ހަވީރު ފީމާލޭގެ މަގުތަކުގައި ފެން ބޮޑުވި ބޮޑުވުމަކީ އަލަނާސީން ގަސްތުގައި ރާވައިގެން ހިންގި ޣައިރު ޤާނޫނީ އަމަލެކެވެ. މިބައިމީހުންގެ ވެރި ލަކްސިމިލީނިއޯގެ އަމުރަށް އަޅު ގުންޑާއިންގެ ގުރޫޕެއް ގެނެސް އިއްޔެ ހަވީރު 5:12 ވީ އިރު ވަނީ ޖާމީނީ މަގުގެ ދެކޮޅަށާއި، ޑުރުޖުމަގާއި، ހަމީދީމަގުފަދަ ބޮޑެތިމަގުތަކަށް ޕަމްމު ޖަހައި ފެން އަޅަން ފަށައިފައެވެ. އަދި މިއަމަލު ހުއްޓާލީ އެމީހުން ގެނައި 1256 ބަރާގެ ފެން މަގަށް އަޅާނިމުމުންނެވެ. މި އަމަލު ހިންގައިފައިވަނީ ފީމާލޭގެ ސްކޫލްތަކުން ކުދިން ނިމޭ ގަޑިއާ ދިމާކޮށް، އާއްމު ރައްޔިތުންނަށް ދުއްޕާން ކުރުމުގެ ގޮތުން ކަމަށް ލޯނުސްޓަރ ކުއްދިޔަތް އަބޫބަކުރު ބުނެއެވެ. އަދިވެސް މިފަދަ ދުއްތުރާތައް ކުރާނެ ކަމަށާއި، އަލަނާސިންނާ ދެކޮޅުހަދާ ރަށްތަކުގެ މީހުން ނިދިޔަ ނުދޭނެ ކަމަށް އެނާ ނެރުނު ނޫސް ބަޔާނުގައިވެއެވެ. ފީމާލެ އަކީ މުޅި އަލަނާސިސްތާނުންވެސް އަލަނާސިންގެ ވެރިކަމާ އެންމެ ދެކޮޅު ހަދާ އެއް ރަށެވެ. މިރަށުގެ އާބާދީގެ ގާތްގަނޑަކަށް 83 އިންސައްތަ މީހުންނަކީ އެންޓި އަލަނާސިސްޓުންނެވެ. އެއީ މުޅި އަލަނާސިސްތާނުގެ އާބާދީގެ 56 އިންސައްތަ މީހުންނެވެ. އަދި މިއަމަލް އިދިކޮޅު ހުރިހާ ޕާޓީ ތަކުންނާއި ދުނިޔޭގެ މުޖުތަމަޢު އިން ދަނީ ހިމާރުގެ އަޑުން ކުއްވެރިކުރަމުންނެވެ. //ފެންގަނޑުތެރެއިން ރިޕޯޓް ގެނެސްދިނީ ޑރ. ޕައިތަގަރަސް. Labels: mathige, އަލަނާސިސްތާނުން އައި ސިޓީ |