އެންޓި އަލަނާސިޒަމް ދުވަހުގެ މުނާސަބަތުގައި ދެއްވާ ޚިތާބު ބިސްމިﷲ ރަހްމާނިއްރަހީމް. އައްސަލާމު އަލައިކުމް އެންޓި އަލަނާސިޒަމްޑޭ ގެ މުނާސަބަތުގައި އަޅުގަނޑު އެންމެ ފުރަތަމަވެސް އަވަސް ވެގަންނާނީ މިއަދާ ހަމައަށްވެސް އަލަނާސިޒަމާ ދެކޮޅު ހެދި އަދި ހަދަމުންދާ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދެންނެވުމަށް. މީގެ ތެރޭގައި ސިއްރިއްޔާތުގައި އާއި ފާޅުގައި ދެކޮޅު ހަދަމުންދާ އެންމެން ހިމަނަން. އާދެ އަލަނާސީންގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުން. އެމީހުންނާ ދެކޮޅު ހަދާ މީހުން ދަނީ ތަޅާ މަރަމުން. އަދި ކިއެއްތޯ، މިހެން މަރާމީހުންގެ ވާހަކަތައް ނައްތާލުމަށްޓަކައި އެމީހުންގެ ފޭކް ޕޯސްޓް މޯޓަމް ނުވަތަ އޯޓޮޕްސީ ރިޕޯރޓުތައް ނެރެ، އެމީހުން މަރުވީ ގެނބިގެން ބުނަމުން. މީގެ މިސާލަކަށް އިހަކަށް ދުވަހު އެމީހުން ޤުރުބާން ކުރިކަމަށް ބުނާ އިންސާނާ ފުދޭ. އަދި ބަޔަކު ދަން ޖައްސާ، އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެ، ގޯތި ގެދޮރަށް ވަދެ ބަތްތަވާ ވަގަށް ނަގާ، ރިހަތެލި ބަންޑުން ޖަހައި، ފާޚާނާ ތަށިން ފެން ބޮއެ، ކުޑަކުދިން ބޮއްވުން ފަދަ އެތަށް ނުބައި ފާހިޝް އަމަލުތައް ދަނީ އާއްމު ކުރަމުން. ދެން އަޅުގަނޑުމެންގެ އަނބިންތައް ގަދަކަމުން ފޭރިގަނެ، އަޅުގަނޑުމެންގެ ދަރިންތައް ޔަތީމު ކޮއްފި. ކޮބައިތޯ ކުޑަދަރިފުޅަށް އެންމެ ރަނގަޅު މައިމީހާގެ ގާތުން ދޭ ކިރު؟ އެކުދިންނަށް ބޯން ދޭން ޖެހެނީ ހިކި ކިރޭ. ކޮބާއިތޯ އެކަނބަލުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެންޖެހޭ އަރާމާ ލައްޒަތު؟ އަޅުގަނޑުމެން ޖެހެނީ ރޭގަނޑު ލޮނު މިރުސް ފުނޑައިގެން އެ ބޭނުން ކުރާށޭ. އަދި ވެސް މި ފަދަ އެތައް ކަމަކުން ވަނީ މަހުރޫމްވެފައޭ އިނގޭތޯ. ކޮން ފަދަ އަނިޔާވެރި ކަމެއްތޯ މިއީ؟ ކޮން ފަދަ ބޮޑު ބަލާވެރިކަމެއްތޯ މިއީ؟ އެހެން ކަމުން އަޅުގަނޑު އަލަނާސިސްތާނުގެ އެންމެހާ ރައްޔިތުންނަށް މިގޮވާލަނީ މިކަމާ ކެރިގެން ކުރިމަތިލުމަށް. އާދެ، އަޅުގަނޑުމެންގެ އަވަށްޓެރި އުތުރު ކަރަ އަށް މިނިވަން ކަން ގެނެސް ދެއްވުމަށްޓަކައި މަހަތުމާ ގާނދީ ކުރެއްވި ފަދަ، ދެކުނު އެފްރިކާ ގައި ނެލްސަން މަންޑޭލާ ކުރެއްވި ފަދަ ޖިހާދެއް ކުރުމަށް އަޅުގަނޑުމެންނަށް މިވަނީ މަޖުބޫރުވެފައި. އަދި މިކަރައިގެ ޒުވާނުންނަށް ދަންނަވަން އޮތީ ޕޯޗުގީޒުންނާ ދެކޮޅަށް މަހަލްދީބު ނުވަތަ މިނިކާ ރާއްޖޭގެ ބަތަލް، އައް ޒައީމް، އަލް މަރުޝޫޝް، އައް ޖިހާދު، އައް ތަކުރު، މުހަމްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ބަވަނަ ކައްތިރި މަހާރަދުން، ކަށިން ނެރެގެން، ދެއްކެވި ފަދަ ވަރުގަދަ ހިއްވަރެއް އަޅުގަނޑުމެން ދައްކަން ޖެހެޔޭ. އަޅުގަނޑުމެން މި ހިއްވަރު ނުދައްކަންޏާ ކޮން ބައެއްތޯ މި ހިއްވަރު ދައްކާނީ؟ ކޮން ބައެއްތޯ އަލަނާސީންނާ ދެކޮޅަށް ނިކުންނާނީ؟ މުސްކުޅިންތޯ؟ އަންހެނުންތޯ؟ ނުވަތަ ކިރު ތުނބުން ނުވީއްލޭ ކުޑަކުދިން ތޯ ނިކުންނާނީ؟ މިހިރަ މިހިރަ ކަންތައްތަކަކީ މިއަދު އަޅުގަނޑުމެން ވިސްނާ ފިކުރު ކޮއްލަން ޖެހިއްޖެ ކަންތަކެއް. ދެން އަދި މިފުރުސަތުގައި ހެލައު، ޕްރިންސް، ސަތޭކަ، ޕްރޮފެސަރ ލަބީބު، ދަ ރައިޑަރ، ސަރ ކިޑުމެން ފަދަ ބޭފުޅުންނާއި، އެންމެހާ އެންޓި އަލަނާސި އެކްޓިވިސްޓުން އަޅުގަނޑަށް ދެއްވާ ފުރިހަމަ ސަޕޯރޓަށް ފަތް ފަށުން ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ އަލަނާސިސްތާނަށް ވީހާވެސް އަވަހަކަށް މިނިވަންކަން ލިބި މިތާގައި މި އޮތް ގޮޅާ ސޭކު ލަކްސިމިލީނިއޯގެ ޣައިރު ގާނޫނީ ވެރިކަމަށް ރެކްޓަރ މިންގަނޑުން 11ގެ ވަރުގަދަ ޒަލްޒަލާ އެއް އައުން. ވައްސަލާމު އަލައިކުމް. Labels: mathige, އަލަނާސިސްތާނުން އައި ސިޓީ |