ގޮޅާ އަލަނާސި ޑރ. ޕައިތަގަރަސްގެ އަބުރާ ބެހުން ކުށްވެރި ކުރުމާ ބެހޭ އަލަނާސި ބްލޮގުގައި ޑރ ޕައިތަގަރަސް ކުލާހަށް ވަނުމުގެ ކުރިން ހުންނަނީ ހީކަރުވައިގެންފައޭ ބުނެ ލާފައިވާ ފޮޓޯ އަކީ އެއްވެސް ހާލެއްގައި ޑރ ޕައިތަގަރަސްގެ ފޮޓޯއެއް ނޫނެވެ. އޮސްޓްރޭލިއާގެ ފޮޓޮލޮޖިސްޓުންތަކެއް މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކުރި ދިރާސާތަކާއި ޕޯސްޓް މޯޓަމްގެ ނަތީޖާއިން އެނގުނުގޮތުގައި މިފޮޓޯ އަކީ މިނިކާ ރާއްޖޭގެ ޔުނިވާސިޓީ އެއްގައި ތަޤްރީރުކުރާ ކޮރޮފިސަރެއްގެ ފޮޓޯއެވެ. އަދި މިޢަމަލު ހުތުރުކަން ބޮޑުވެގެންވާ ދައްޖާލުގެ ފޮޑީގެ އަޑުން ކުށްވެރިކުރަމެވެ. އެހެން ކަމުން އަލަނާސިސްތާނުގެ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދަންނަވާލީމެވެ. ވަރަށް ސަލާމް. އޮސްޓްރޭލިއާގެ ފޮޓޮލޮޖިސްޓުން ނެރެފައިވާ ހަޤީޤީ ފޮޓޯ. މިފޮޓޯގެ ކަނާތްފަރާތުގައި އެއިން ކޮރޮފިސަރުގެ ފޮޓޯ އަލަނާސީން ބަދަލުކުރީ. މިކަހަލަ އެތަކެއް ފޮޓޯތަކެއް ހަޤީޤަތް އޮޅުވާލުމަށްޓަކައި ގޮޅާ އަލަނާސި ދަނީ ނެރެމުން. Labels: mathige, އަލަނާސިސްތާނުން އައި ސިޓީ |