ފެކްޓް އަލަނާސި : ހަޤީޤަތް ހޯދަން ޖެހިފައިވާ ބޮޑު ސިއްރެއް އަލަނާސިޒަމްގެ އުސޫލުތައް އަލަނާސިސްތާނުގައި ފެތުރެން ފެށުމާއެކު ބޮލޮގިންގގެ އާމަރުހަލާ އެއްގެ ބިންގާ އެޅިގެން ދިޔައެވެ. މި ގޮތުން އެންމެ ފުރަތަމަ "އަލަނާސި" އުފެދިގެން ދިޔައެވެ. މިއީ ގޮޅާ އަލަނާސި ސޭކު އޭނާގެ ލާދީނީ ޕްރޮޕެގަންޑާއެށް ހިންގުމަށް ފެށި ކަމެކެވެ. މިކަމަށް އެންމެ ވާގިވެރިވީ އޭނާގެ ޒަމާންވީ ދޯސްތީ މަޝްހޫރު ލޯނުސްޓަރ ކުއްދިޔަތް އަބޫބަކުރެވެ. ދެން ފެނިވަޑައިގަތީ އަލަނާސިޒަމާ ދެކޮޅަށް ބަޔަކު ނިކުތް ތަނެވެ. މީގެ ތެރޭގައި ހެލައުއާއި، ޕްރިންސް ފަދަ އިއްޒަތްތެރިން ހިމެނެއެވެ. ( ކާކަށް ތޯ އިނގޭނީ އަޅުގަނޑަކީ އެބައިމީހުންނަށް ވާގިވެރިވާ މީހެއްކަން.) މިގޮތުން އަލަނާސިޒަމާ ދެކޮޅަށް އެންމެ ފުރަތަމަ ނިކުތް ބްލޮގަކީ "އަލަނާސި އޮބްޒާވަރ" ނަމަކަށް ކިޔުނު ބްލޮގެކެވެ. މިމީހުން ސިއްރިއްޔާތުގައި، ފަރުދާގެ ފުރަގަހުގައި ތިއްބަވައިގެން ފާޅުގައި އަލަނާސިޒަމަށް ފާޑު ވިދާޅުވުމުގައި ދެމިތިއްބެވެ. ( ކާކަށް ތޯ އިނގޭނީ އަޅުގަނޑަކީ އެބައިމީހުންގެ ތެރޭގައިވާ މީހެއްކަން.) ނަމަވެސް ދޫދޫމަތިން އިވޭ އަޑުތަކުންނާއި، އަލަނާސި ބްލޮގުގައިވާ ގޮތުން މިކަންތައް ކުރަމުން ގެންދަނީ ހެލައުއާ ޕްރިންސެވެ. ދެން ފެނިވަޑައިގަތީ ފުޅައްބުޑު ރީފޯރމް ކޮށްފައި "ގޯއަލަނާސިގޯ" ގެ ނަމުގައި ފާޅުގައި، ފަރުދާގެ ކުރިމަތިން އަލަނާސިޒަމަށާއި، ގޮޅާ ސޭކަށާއި، ލޯނު ސްޓަރ މެންނަށް އެއްޗެހި ގޮވާ ދެކޮޅުވެރިކަމުގެ މުޤާބިލާއެއް ފެށިތަނެވެ. ( ދެން މިތާގެ ވާހަކަ އެހާ ގަދަޔަކަށް ނުދެއްކޭނެތާ، މިއީ ވިއްޔާ މިކިޔާ ގޯއަލަނާސިގޯ އަކީ. އެހެން ނޫނީ އެމީހުން އަނގަޗޭ ވާނެ. އޫނއޫނނނނ) ދުވަސްކޮޅަކުން ޕްރޮފެސަރ ލަބީބުގެ "ތުންމަތީ" ގައި ވެސް އަލަނާސިޒަމްގެ ވާހަކަތަށް ލިޔެވެން ފެށިއެވެ. ނަމަވެސް ފާހަގަ ކުރެވުނު ގޮތުގައި އެއީ ވަރަށް މިނިވަން މުސްތަގިއްލު މުސާފިރެކެވެ. އެކަމަކު ދެތިން ޕޯސްޓެއް އެރުމަށް ފަހު އެކަން މީދާ ކައިފައި އެއްލާލި އުނބަކަށް ވިއެވެ. ދެން ކޮންމެ އަކަސް މިހިސާބަށް މިކަންތަށް ދިޔަފަހުން އަނެއްކާވެސް މިސުރު ވަލުން އަޑެއް ގޮވައިފިއެވެ. މިއީ "ފެކްޓް އަލަނާސި" އެއް ފެންމަތި ވެގެން އުޅޭ އަޑެވެ. ބަލާލި އިރު ކަމަކުދާކަށް ނެތެވެ. މިއީ ހަމަ ހަޤީޤަތެވެ. އަލަނާސިންނާވެސް ދެކޮޅަށް އެންޓި-އަލަނާސިންނާވެސް ދެކޮޅަށް ފާޑެއްގެ ވަކަރުގެއެއް ނެރެފިއެވެ. ދެ ގަބީލާގެ މީހުންގެ އަބުރާ އިއްޒަތުއްނަފުސަށް ބުރޫ އަރާފަދަ ވާހަކަ ތަކެށް ހަދައިގެން ނެރެނީއެވެ. އަލަނާސިންގެ މަހާސިންތާގައި މި މައްސަލައާ މެދު ވަރަށް ހޫނުކޮށް ބަހުސް ކުރެވިފައިވެއެވެ. މިގޮތުން މިއީ ހެލައުގެ ކަމެކޭ، ހިޒް ހޮލިނެސް އެސްޓީ އަލީސިއޯ އިނީޝާ ލޫލާ (އަލީ) ގެ ކަމެކޭ، އަދި އަޅުގަނޑު (ޑރ. ޕައިތަގަރަސް ) ގެ ކަމެކޭވެސް ކިޔައެވެ. އެކަމަކު އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ މިކަމުގައި އަޅުގަނޑުގެ އެއްވެސް އަތެއް ނުވާކަމަށާއި، އަޅުގަނޑު ކަންތައް ކުރަނީ އަދި ކުރާނީވެސް ފިސާރި ކެރި ހުރެ އިޚްލާސްތެރިކަމާ ސާބިތުކަމާ އެކު ގައިކަމަށެވެ. ދެން މަހާސިންތާގައި "ފެކްޓް އަލަނާސި" ގެ ތުހުމަތުގައި އިނގިލި ދިއްކުރެވުނު މީހުންގެ ތެރޭގައި ލޯނު ސްޓަރ އާއި، ބޮހާޓުއާއި، ހަކުރޭއާއި، ސަރ. ކިޑުއާއި، އިންދިބެއާއި، ގުންޖާއާއި، ސަތޭކައާއި، ޕްރޮފެސަރ ލަބީބުވެސް ހިމެނެއެވެ. އަދި އެންމެފަހުން ގޮޅާ އަލަނާސި ސޭކު ބުނަނީ މިކަން ކޮށްފައިވަނީ މިނިކާ ރާއްޖޭގައި ވެރިކަންކުރާ ޑީ.އާރ.ޕީ ޕާޓީން ނުވަތަ ޕްރޮފެސަރ ލަބީބުގެ އަނބިކަނބަލުން މިސް ވާރޖިން މޭރީ ކަމުގައެވެ. އަދި މިމަހާސިންތާގައި "ފެކްޓް އަލަނާސި" ބޮއިކޮޓް ކުރުމުގެ ހުށަހެޅުންތަކެއް ވެސް ހުށަހެޅިގެން ދިޔައެވެ. އަލަނާސިއާ ބެހޭ އެއްވެސް މައުލޫމާތެއް ނާރާ ބްލޮގަކަށް ހޮވިފައިވަނީ، ޕްރޮފެސަރ ލަބީބުގެ އެންމެ އަޕްޑެޓްނުވާ ބްލޮގުގެ މަޤާމުވެސް ހޯދި މަޝްހޫރު ލޯނުސްޓަރ ކުއްދިޔަތް އަބޫބަކުރުގެ "ވެޑިވަޑޮ" ބްލޮގެވެ. =ޝުކުރިއްޔާ=
ހުރިހާ ބްލޮގުތައް އެއްކޮށް ފޮޓޯއަކަށް ހުއްޓިލައިގެން. ބްލޮގުތަކުގައި ކިތަންމެ ދެކޮޅުވެރިކަމެށް އޮތަސް، ފޮޓޯ އެއް ނަގަންޏާ އެކަމެއް ނުފެނޭ.Labels: mathige, އަލަނާސިސްތާނުން އައި ސިޓީ |
mikamugai doctor Pythagaras ge aiy vara bodu.. Alhugandu kerihure midhannavanee Dr. Pythagaras akee alhugandumenna vara gina eheethake vedevaafaivaa beyfulhekey.. ekama takai Dr. Pythagaras ah hagguvaa Shukuru dhannavan..