އަލަނާސިޒަމްގެ އާ ބާބެއް އަނެއްކާވެސް ވުޖޫދަށް ނިކުމެއްޖެ. ގޫކޭވަޑު މެދުވެރިކޮށް ގޯއަލަނާސިގޯ އަށް ދާދި ދެންމެއަކު މައުލޫމާތު ލިބުނު ގޮތުގައި އަލަނާސިޒަމް އާ ބެހޭ މުޅިން އާ ސައިޓެއް އަނެއްކާވެސް ނިކުމެއްޖެއެވެ. މި ފަހަރު " އެންޑް އޮފް އަލަނާސިޒަމް" ގެ ނަމުގައި މި ނިކުތް ބްލޮގަކީ ކުރީގެ ބްލޮގުތަކާ ޚިލާފަށް ވޯރޑް ޕްރެސް ގައި ޝާއިޢު ކޮށްގެން ނެރެވޭ ބްލޮގެކެވެ. މި ބްލޮގުގެ ފުރަތަމަ އާޓިކަލް ގައި ބުނެފައިވާ ގޮތުން މިއީ ގޮޅާ އަލަނާސި ސޭކުގެ ހަޤީޤަތް ހާމަ ކުރުމަށް ނެރެވެނު ފުރަތަމަ ޚަބަރު ފީތާ އެވެ. އަދިދުނިޔޭގެ އެކިކަންކޮޅުތަކުގައި މި ބައިމީހުންގެ 200 ނިއުސް ކާސްޓަރުން އުޅޭ ކަމަށާއި، އަލަނާސިސްތާނުގެ އިތުރުން މުޅި ދުނިޔޭގައި ވެސް ހިންގާ އެކި އެކި އިންސާނިއްޔަތާ ދެކޮޅު އަދި ދީނާ ދެކޮޅު ހަރަކާތްތަކުގެ ހަޤީޤަތް މި ބްލޮގު މެދުވެރިކޮށް ހާމަ ކުރެވޭނެ ކަމަށް މި ބައިމީހުން ބުނެއެވެ. ނަމަވެސް އަދި މިއީ ކޮން ބައެއްކަމެށް އަދި ނޭނގެއެވެ. މި ބްލޮގުގެ ފުރަތަމަ އާޓީކަލް ޝާޢިޢު ކޮށްފައިވަނީ މި ހިނގާ މޭ މަހު 10 ވަނަ ދުވަހުއެވެ. ގޯ އަލަނާސި ގޯ އާއި، އަލަނާސި އޮބްޒާވަރ އަދި މިނިކާ ރާއްޖޭގެ އޯޓޮޕްސީ ޓީމު ގުޅިގެން މިހާރު ދަނީ މިއީ ކޮންބައެއްކަން ހޯދުމުގެ މަސަތްކަތް ފައްޓާފައެވެ. މިނިކާ ރާއްޖޭގެ އޯޓޮޕްސީ ޓީމުގެ އިސްތަރުޖަމާނު ލާންސް ކޯޕްރަލް ޝައްފަ ރިވާ ކުރައްވައި ގޮތުގައި ކުރީގެ ޕްރޮޖެކްޓެކޭ އެއްފަދައިން މިފަހަރުގެ ޕްރޮޖެކްޓުވެސް ވަރަށް އަވަހަށް ފުރިހަމަ ކޮށް މިކަމުގެ ފަހަތުގައިވާ ބައެއް ޢާއްމުކޮށް އަންގާ ޢިއުލާން ކުރާނެ ކަމުގައެވެ. |